ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީގައި އަލަށް އިމާރާތްކުރަން ފަށާފައިވާ ރައްޔިތުންގެ އެކަމަޑޭޝަން ބްލޮކް (ކުރީގެ ޕްރީސުކޫލް) އިމާރާތު ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ދިޔަމިގިލީގައި އަލަށް އިމާރާތްކުރަން ފަށާފައިވާ ރައްޔިތުންގެ އެކަމަޑޭޝަން ބްލޮކް (ކުރީގެ ޕްރީސުކޫލް) އިމާރާތު ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަންފޮތް ބަންދުނޫންކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެވެ. ބީލަން ފޮތުގެ އަގަކީ -/20 ދިވެހި ރުފިޔާއެވެ.

މިމަޝްރޫއުގެ ޕްރިބިޑް ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން

 އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައި ހަމަ އެގަޑީގައެވެ. އަންދަސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމެނިފައިހުންނަންވާނެވެ.

ހ. "ކޮޅުމަޑުލު ދިޔަމިގިލީގައި އަލަށް ޢިމާރާތްކުރާ ޕްރީސްކޫލް ވަށާފާރުގެ 121 ފޫޓް ރާނާ ނިންމުމުގެ މަސައްކަތް"

ށ. އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް، އައި.ޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ

ނ. އަންދާސީ ހިސާބު ހުށަހަޅާ ތާރީޚާއި ވަގުތު

ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ.

އަދި ދަންނަވަމެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

22 ރަބީޢުލްއާޚިރު 1441

19 ޑިސެންބަރު 2019
ހޯދާ