ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ސެކިއުރިޓީ އައުޓްސޯސް)

01 ފެބްރުވަރީ 2020 ން 31 ޑިސެމްބަރ 2020 އަށް މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، ދެވަނަ ފަހަރަށް އިޢްލާން ކުރަމެވެ.

ވީމާ، 2020 ފެބްރުވަރީ 01 ން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހއ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

  1. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 2019 ޑިސެމްބަރ 22 ން 2019 ޑިސެމްބަރ 24 އަށް، ހެނދުނު 8:30 ން މެންދުރު 13:00 އާ ދެމެދު މަދަރުސާގެ އޮފީހަށް ވަޑައިގެން ނަންނޯޓްކުރެއްވުންއެދެމެވެ.
  2. މަސައްކަތާގުޅޭ މަޢްލޫމާތު ދިނުން އޮންނާނީ، 2019 ޑިސެމްބަރ 29 ވަނަ ދުވަހުގެ 11:30 ގައި މަދަރުސާގެ އޮފީހުގައެވެ.
  3. މަސައްކަތުގެ އަގު ހުށަހެޅުމާއި، ކަނޑާ ބެލުން އޮންނާނީ، 2020 ޖަނަވަރީ 06 ވަނަ ދުވަހުގެ ހެނދުނު 11:30ގައި މަދަރުސާގެ އޮފީހުގައެވެ.
  4. ސަމާލުކަން ދޭންވީ ކަންކަން:

ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.

ށ. މަޢްލޫމާތު ސާފުކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކޮށް ޙާޒިރުވާ ފަރާތްތަކަށް ބައިވެރިނުވެވޭނެކަމުގައިވެސް ދެންނެވީމެވެ.

ނ. އިތުރު މަޢްލުމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6500048 ނަމްބަރ ފޯނަށެވެ. މެއިލް މެދުވެރިކޮށް ނަމަ، [email protected] އަށެވެ.

19 ޑިސެންބަރު 2019
ހޯދާ