ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލްގެ ކެންޓީން ހިނގައިދޭނެ ފަރާތެއް ހޯދުމަށް
ބީލަންހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުން
- މިސްކޫލްގެ ކެންޓީން ހިނގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)RS/1/2019/84 އިޢުލާނާގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތެއްކަމުން އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތާގުޅޭ ޕްރީބިޑު މީޓީންގ އޮންނާނީ 2019 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ. ޕްރީބިޑުމީޓިންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭއެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި ސްކޫލް ފައިސާއާބެހޭބައި
ފޯން: 3359902، 3359900
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
19 ޑިސެންބަރު 2019
ހޯދާ