ދިވެހިރާއްޖެ
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019/2020" ގައި ހދ. އަތޮޅުގައި ހަރަކާތްތެރިވުމަށް 62 އެނިއުމަރޭޓަރުން ބޭނުންވެއެވެ. އަދި މީގެތެރެއިން ހޮވާލެވޭ އެނިއުމަރޭޓަރުން ހއ. އަތޮޅުގެ ސަރވޭގައި ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސާރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ. އެނިއުމަރޭޓަރުން ހޮވުމުގެ މަސައްކަތްކުރިއަށް ގެންދަވާނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުންނެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 8 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސާރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ސުޕަރވައިޒަރުންގެގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސާރވޭގެ މަސައްކަތްކުރާ ދުވަސްތަކުގައި ދުވާލަކު -/550ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ސާރވޭގެ މުއްދަތުގައި ހަފްތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.
ތަމްރީނުގެ މުއްދަތު: 16– 23 ޖެނުއަރީ 2020 |
ހދ. އަތޮޅުގެ ސަރވޭގެ މުއްދަތު : 25 ޖެނުއަރީ – 01 ފެބްރުއަރީ 2020 ހއ. އަތޮޅުގެ ސަރވޭގެ މުއްދަތު : 05 - 12 ފެބްރުއަރީ 2020 |
މިސާރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމް، މިއިދާރާގެ (ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ) ކައުންޓަރުންނާއި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓުން http://www.statisticsmaldives.gov.mv/ އިން ލިބެން ހުންނާނެއެވެ.
ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަން ފޯމް ފުރިހަމަކުރުއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް (ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ) ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް [email protected])) މެދުވެރިކޮށް ވެސް ފޯމް ބަލައިގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިއޮފީހުގެ ނަންބަރ 6528801 އަށް ގުޅުއްވުން އެދެމެވެ.