ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރީސްކޫލް ކުލާސް ރޫމަށް ހަތަރު ކަބަޑު ޖެހުމާއި،ޕްލޭއޭރިޔާގައި ހުރިތަކެތި މަރާމާތު ކުރުމުގެ މަސައްކަތް
ޕްރީސްކޫލް ކުލާސް ރޫމަށް ހަތަރު ކަބަޑު ޖެހުމާއި،ޕްލޭއޭރިޔާގައި ހުރިތަކެތި މަރާމާތު ކުރުމުގެ މަސައްކަތް
- ޕްރީސުކޫލް ކުލާސްރޫމަށް 4 ކަބަޑު ޖެހުމަށާއި ޕްރީސުކޫލް ދަރިވަރުންގެ ޕުލޭއޭރިޔާގައި ހުރި ބައެއްތަކެތި މަރާމާތު ކުރުމަށް ބީލަން ހުށަހެޅުމަށް މިމަދަރުސާއިން ކުރި ނަންބަރ: GS.20/IUL/2019/27 (19.11.2019) އާއި GS.20/IUL/2019/31 (04.12.2019) މި ދެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މިޕްރޮޖެކްޓްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 19 ން 2019 ޑިސެމްބަރ 24 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިމަދަރުސާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕޮޖެކްޓްތަކައި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައި އޮންނާނެއެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 30 ވަނަ ދުވަހުގެ 13:00 ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ.އަތޮޅު މަދަރުސާ
ހދ.ވައިކަރަދޫ ، ދިވެހިރާއްޖެ.
ފޯން: 6520056
އީ-މެއިލް: [email protected]v
18 ޑިސެންބަރު 2019
ހޯދާ