ދިވެހިރާއްޖެ
ނަންބަރު:IUL)345-CAA/345/2019/50)
އިޢުލާން
ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިނަނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދަނީ ހިނަގަމުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް، 6 މަސްދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ދެވޭނެއެވެ. މިގޮތުން މި ޕްރޮގްރާމްގެ ބައިވެރިން 4 މަސްދުވަސް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަމްރީން ކުރެވޭނެއެވެ. އަދި އިންޑަސްޓްރީ ނުވަތަ ވިޔަފާރީގެ ތަޖްރިބާ ހޯދުމަށްޓަކައި ދިގުމުއްދަތަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއްގައި 2 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރާގޮތައްވަނީ ރޭވިފައެވެ.
މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ހުރުމާއި ކެއުން އަދި ޕޮކެޓްމަނީ 6 މަސްދުވަހުގެ މުއްދަތައް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހަމަޖައްސައި ދެވޭނެއެވެ.
ޝަރުތު: |
- އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން. - އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން. - 6 މަސްދުވަހުގެ މުއްދަތައް ރަށުން ބޭރުގައި ހޭދަކުރެވޭނެ ބޭފުޅަކަށްވުން. - ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށްގޮސް ރަށުގެ ދަނޑުވެރިންނަށް ނަމޫނާ ދެއްކުން. |
އިތުރު މަޢުލޫމާތު: |
އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ނަންބަރު 3339232، 3339264، 3339207، 3339238 އަށް ގުޅުއްވުން އެދެމެވެ. |
ހުށައަޅަންޖެހޭ ތަކެތި: |
އެޕްލިކޭޝަންފޯމް ހުށަހެޅުން:
|
ސުންގަޑި: 23 ޑިސެންބަރު 2019 ގެ 10:00 ގެ ކުރިން. |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.