ދިވެހިރާއްޖެ
- މި ސުކޫލްގައި ހުރި، ތިރީގައި މި ދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ:
1- ހޯލް އިމާރާތުގެ 02 ކުލާހުގައި މުށި ޖެހުން.
2- ފުލައިވުޑުން ހަދާފައި ހުރި ބޮޑު ދޮރާއި، ދޮރުފަތްތައް އަދި ފާޚާނާ ދޮރާއި، ދޮރުފަތްތައް ބަދަލުކުރުން.
3- ސްކޫލްގައި ބޭނުންކުރާ ފެންވަޅުގެ މަތިގަނޑު ހަލާކުވެފައިވާތީ، ވައިބޭރު ކުރުމަށް ވަސްހޮޅިއެއް ލައި މަރާމާތުކުރުން.
- މި ދަންނަވާ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2019 ޑިސެންބަރު 22 ވަނަ ދުވަހުގެ 11:00 ގައި ސްކޫލްގެ އޮފީހުގައި |
2019 ޑިސެންބަރު 24 ވަނަ ދުވަހުގެ 11:00 ގައި ސްކޫލްގެ އޮފީހުގައި |
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.
އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައި ކޮންމެ މަސައްކަތެއްގެ އަގު ވަކިވަކިންނެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ: 6600010 / 7925190 ނަންބަރު ފޯނާއެވެ.
18 ޑިސެންބަރު 2019