މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސިިވިލް އޮފިސަރ

                     

                       އިޢުލާން

މިސަރވިސްގެ ދެންނެވިފައިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

ސިވިލް އޮފިސަރ

ރޭންކް:

ސީ 4

ކްލެސިފިކޭޝަން:

ސަޕޯޓް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު-/6,720 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  -/3,024 ރުފޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:            

މޯލްޑިވެސް ކަރެކްޝަނަލް ސަރވިސް / ހެޑް އޮފީސް ، މާލެ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ފެންވަރު ނުވަތަ ޝަރުތު:         

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ހިއުމަން ރިސޯސް / މެނޭޖްމަންޓް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން؛ ނުވަތަ
  2. ހިއުމަން ރިސޯސް / މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 40 (ސާޅީސް) އަހަރު ނުވާ މީހަކު ކަމުގައިވުން،

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިސިޕްލިނަރީއާއި ގުޅޭ ހުރިހާ މަސައްކަތް ކުރުން.
  • މުވައްޒަފުން އެޕްރެއިޒަލްގެ ކަންކަން ބެލެހެއްޓުން.
  • ޕްރޮމޯޝަންއާއި ގުޅޭ އެންމެހައި މަސައްކަތް ކުރުން.
  • ސެޕް މޮޑިއުލް އަޕްޑޭޓް ކުރުން.
  • ރިޓަޔަރމަންޓްގެ މަސައްކަތް.
  • ސެކްޝަންގެ މަސައްކަތާއި ގުޅިގެން އަންނަ މެމޯ އަދި ސިޓީ އަށް ޖަވާބު ދިނުމާއި ފައިލް ކުރުން.
  • މިނޫންވެސް ސެކްޝަންގެ އެހެނިހެން އިދާރީ މަސައްކަތްތަށް.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ސެޕްގެ މަސައްކަތް ކޮށްފައިވާ ފަރާތްތަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
  • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި އެހެނިހެން ލިޔެކިއުންތަކާއި އެކު 25 ޑިސެމްބަރ 2019 ދުވަހުގެ 15:00ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  

%50 ( ފަންސާސް އިންސައްތަ)

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

އީ މެއިލް: [email protected]

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

      16 ޑިސެމްބަރ 2019

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

18 ޑިސެންބަރު 2019
ހޯދާ