ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ހއ.ވަށަފަރު / ދިވެހިރާއްޖެ
(IUL)250-cb/250/2019/37 ނަންބަރު
އިޢުލާނު
މިއިދާރާއިން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ ފަރާތެއް ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.
ޝަރުޠު:
- ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮއްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރު ނުވުމާއެކު ރަނގަޅު ޞިއްޙަތެއްގައި ހުރުން.
- ޑްރައިވިންގ ސްކޫލަކާ އެއްވެސް ގުޅުމެއް އޮތް ފަރާތެއްކަމުގައި ނުވުން.
- ޕޮލިސް ރިޕޯޓް ހުށަހެޅުން.
އުޖޫރަ:
- A, A1 ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/15 ރުފިޔާ
- އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ -/25 ރުފިޔާ
ވީމާ، މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2019 ޑިސެމްބަރ 29 ވަނަދުވަހުގެ ރަސްމީގަޑި ނިމުމުގެކުރިން ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500039 އަށެވެ. އީ-މެއިލް ކުރާނީ [email protected] ނުވަތަ [email protected] އަށެވެ.