ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/IUL/PROC/2019/032
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ބޭނުމަށް މާލެ، ގުޅިފަޅު އަދި ކ.ތިލަފުށްޓާއި ދެމެދު ދަތުރުކުރުމަށް ފެރީއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު GMIZL/IUL/PROC/2019/030 ގެ ދަށުން އެކަށީގެންވާ ބީލަމެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ |
- |
18 ޑިސެމްބަރ 2019 އިން 24 ޑިސެމްބަރ 2019 އަށް |
08:30 އިން 15:00 އަށް |
މަޢުލޫމާތު ކަރުދާސް ދޫކުރުން އަދި ޕްރީ ބިޑް މީޓިންގ |
ބުދަ |
25 ޑިސެމްބަރ 2019 |
11:00 ގައި |
|
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
އަންގާރަ |
31 ޑިސެމްބަރ 2019 |
11:00 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
18 ޑިސެމްބަރ 2019
21 ޖުމާދަލްއޫލާ 1441
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514