މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެށް" ހޯދުމާއި ގުޅޭ

  ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަ 

   

ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުއަށް "ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެށް" ހޯދުމާއި ގުޅޭ:

 

 

1.       މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް'  މަޝްރޫޢުއާގުޅޭގޮތުން ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

2.      މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

3.      މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރައްވަން ވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި  'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް'[email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 26 ޑިސެމްބަރ 2019 ވާ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ.

 

4.      މި ޕްރޮޖެކްޓާއި ބެހޭގޮތުން ސާފްކުރަން ބޭނުންވާ މައުލޫމާތެއް ވާނަމަ، އީ-މެއިލް ކުރައްވާނީ24 ޑިސެމްބަރ 2019 ވާ ދުވަހުގެ 11:00 އާއި ހަމައަށް، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. ([email protected]).

 

 

5.      ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުއަށް "ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެށް" ހޯދުން")،ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު،"ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ކުންފުނީގެ ނަން ސާފުކޮށް ލިޔެވިފައި  އޮންނަންވާނެއެވެ.ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ. 

 

6.      ބީލަން ހުށަހަޅޭނެ ގަޑިއަކީ 05 ޖަނަވަރީ 2020 ވާ ދުވަހުގެ 11:00 ޖަހާއިރެވެ. ބަލައިގަނެވޭނީ މިގަޑިއަށް ހުށަހަޅާ ބިޑުތަށް އެކަންޏެވެ. ބީލަން ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2020 ވާ ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގަ ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

 

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަންޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8388/399

ވެބްސައިޓް: http://www.environment.gov.mv

އީ-މެއިލް [email protected]

17 ޑިސެންބަރު 2019
ހޯދާ