ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި، ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލުން

ދިރިއުޅުމަށްޓަކައި،ހއ. މޮޅަދޫންބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިންޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލުން


މި އިދާރާގެ ނަމްބަރު:  246/246/2019/17 (އައިޔޫއެލް) (24 މާރިޗު 2019) އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މިލިސްޓް މި އިދާރާގެ  ނޯޓިސްބޯޑާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެއެވެ.

ވީމާ، ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 29 ޑިސެމްބަރު 2019 ވާ އާދިއްތަ، ދުވަހުގެ 13:00 ގެ ކުރިން، ލިޔުމުން ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ  ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް، އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ލިސްޓަށް ގެންނަށްޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހު ގައެވެ.

17 ޑިސެންބަރު 2019
ހޯދާ