ދިވެހިރާއްޖެ
އިޢުލާން
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު : IUL)170-PR/170/2019/115) އިޢްލާނާއި ގުޅޭގޮތުން ދަންނަވަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ބޭނުންވާ ގްރެޖުއޭޝަން ގައުން ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއްލާނުގައި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚަކީ 22 ޑިސެންބަރ 2019 ވާ އާދިއްތަ ދުވަހުގެ 11.00 ކަމަށް ބަޔާން ކުރެވިފައިވީ ނަމަވެސް އެމުއްދަތު ބަދަލުކޮށް، އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ މުއްދަތު އިތުރުކުރާގޮތަށް ހަމަޖައްސައިފީމެވެ. މިގޮތުން މިހާރު އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚަކީ، 30 ޑިސެންބަރ 2019 ވާ ހޯމަ ދުވަހުގެ 11.00 އެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022120 / 3022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.