ދިވެހިރާއްޖެ
އިޢުލާން ނަންބަރ:GS101/IUL/2019/39
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ ބޯފެން ރައްކާކުރާތަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
1 މި ސްކޫލްގެ ބޯފެން ރައްކާކުރާތަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 17 ން 2019 ޑިސެންބަރު 22 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެންބަރު 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނަރުދޫ ސްކޫލް
ށ. ނަރުދޫ
ފޯން: 6540577
އީ-މެއިލް: [email protected]
20 ރަބީޢުލްއާޚިރު 1441
17 ޑިސެންބަރު 2019
ޢަބްދުލް ޣަނީޢަބްދުލް ޣަފޫރު
ޕްރިންސިޕަލް