ކުޑަރިކިލު ސްކޫލް، ބ. ކުޑަރިކިލު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
`
ކުޑަރިކިލު ސްކޫލް |
|
ބ. ކުޑަރިކިލު |
|
ދިވެހިރާއްޖެ |
އިޢުލާން ނަންބަރ: GS-134/I/2019/19
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ހޯލް އިމާރާތުގެ ތަޅުމުގައި މުށިޖެހުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 17 އިން 2019 ޑިސެމްބަރ 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:30 އަށް މިސްކޫލް އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލް އޮފީހުގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލް އޮފީހުގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަރިކިލު ސްކޫލް
ބ. ކުޑަރިކިލު
ފޯން: 6600019
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
20 ރަބީޢުލް އާހިރު 1440
17 ޑިސެމްބަރ 2019
17 ޑިސެންބަރު 2019
ހޯދާ