ދިވެހިރާއްޖެ
ނަންބަރު:A)AB-2019/260) |
|
އިޢުލާން |
|
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން |
|
2020 ވަނަ އަހަރު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 80 (އަށްޑިހަ) މީހުން ބޭނުން ވެއްޖެއެވެ.
އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށްގެން 2020 މާރޗް 07 އިން 13 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެއެވެ. ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ މި ކޮމިޝަނުންނެވެ. ޓީ.އޯ.ޓީ ފުރިހަމަ ކުރައްވާ ފަރާތްތަކާއެކު އިޤުރާރު ކުރެވޭނެއެވެ. ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް [email protected] ފޮނުވުން އެދެމެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުނގަނައި ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު |
|
|
|
މަސްއޫލިއްޔަތު |
|
|
|
19 ރަބީޢުލްއާޚިރު 1441 16 ޑިސެމްބަރ 2019 |