މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
މިސްކޫލްގެ އޭވީ ރޫމްގެ ބައެއް މަސައްކަތްތައް ކުރުން

       މިސްކޫލްގެ އޭވީ ރޫމްގެ ބައެއް މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރެވުނު ނަމްބަރ GS47/2019/53 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

       މޭނާސްކޫލްގެ އޭވީ ރޫމްގެ ބައެއް މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.   

       މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށައެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ވިޔަފާރިއެއްކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާނަމަ، އަންދާސީ ހިސާބު ހުށައަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށައަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

       ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް މިސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ތާރީޚާއި ގަޑި

ތަފްޞީލް

19 ޑިސެމްބަރު 2019 (ބުރާސްފަތި) 11:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

24 ޑިސެމްބަރު 2019 (އަންގާރަ) 11:00

އަންދާސީ ހިސާބު ހުށައެޅުން

               16 ޑިސެމްބަރ 2019
16 ޑިސެންބަރު 2019
ހޯދާ