މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދުގެ ދަށުން ހުއްދަ ހޯދުމަށް އެޕްލިކޭޝަން ހުށަހެޅުމާއި ގުޅޭ

މިހާރު ޢަމަލުކުރަމުންދާ "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު"  (2019/R-1017) ގެ ދަށުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް، 22 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން މިމިނިސްޓްރީގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމުގައި އަންގާ އިޢްލާން ކުރީމެވެ. އަދި މިދެންނެވި ޤަވާޢިދުގެ ދަށުން ދޫކުރާ ހުއްދަތައް ދޫކުރާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށް އަދި މެންދުރުފަހު 13:00 އިން ފެށިގެން 14:00 އަށް ކަމުގައިވެސް އަންގާ އިޢްލާން ކުރީމެވެ.

މިޤަވާޢިދުގެ ދަށުން ހުއްދަ ހޯދުމަށް ހުށަހަޅާ ފޯމްތައް ހުށަހަޅުއްވާއިރު ފޯމު ފުރިހަމަ ނުވާނަމަ ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ މިނިސްޓްރީގެ ފަރާތުން އެފޯމްތައް ބެލުމާއި ހުއްދަ ދިނުމުގައި ދަތިތައް ކުރިމަތިވުމާއި ހުއްދަދޫކުރުން ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަކަށްވާތީ، ފޯމު ފުރިހަމަ ކުރެއްވުމަށާއި، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކެއް ހަމައަށް ހުށަހެޅުއްވުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސް ކުރަމެވެ.

"ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމުގެ ހުއްދައަށް އެދޭފޯމް" މިމިނިސްޓްރީގެ ވެބްސައިޓު www.planning.gov.mv/cidd.html އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ގުޅޭނެ ފޯން ނަންބަރެއް ޖެއްސެވުމާއިއެކު މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 ޑިސެންބަރު 2019
ހޯދާ