ދިވެހިރާއްޖެ
ފުނަދޫ ސްކޫލު
ށ.ފުނަދޫ، ދިވެހިރާއްޖެ ނަންބަރު: (IUL)GS-59-AD/INDIV/2019/62
2020 ވަނަ އަހަރުގެ ދިރާސީ އާއަހަރު ފެށުމުގެ ކުރިން ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން
މިސްކޫލުގެ ނަންބަރު:(IUL)GS-59-AD/INDIV/2019/58އިޢުލާނާއި ގުޅިގެން ބިޑް ހުށައެޅި ފަރާތްތައް މަދުކަމަށް ފެންނާތީ، އަލުން އިޢުލާން ކުރަމެވެ.
- މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ކޮންމެ މަސައްކަތެއް ވަކި ވަކިންނެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
# |
މަސައްކަތްތައް |
01 |
ދަރިވަރުންގެ ފާހާާނާތައް މަރާމާތުކުރުން |
02 |
މުވައްޒަފުންގެ ފާހާނާތައް |
03 |
ކުލާސްރޫމް ބޮޑުދޮރު |
04 |
ކުލާސްރޫމް ފަންކާތައް |
05 |
ކުލާސް ރޫމްތަކުގެ ކުދި ދޮރުފަތްތައް މަރާމާތު ކުރުން |
06 |
ކުލާސްރޫމް ޕާޓިޝަންތައް |
07 |
ދަރިވަރުން ބޭނުންކުރާ ފެންތާގީ ހިޔާކުރުން |
- މިމަރާމާތުތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2019 ޑިސެމްބަރު 19 ވަނަދުވަހުގެ 14:00 ގެ ކުރިން ފުނަދޫ ސްކޫލު އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ޕްރީބިޑް މީޓިންގ އޮންނާނެއެވެ. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 26 ވަނަ ދުވަހުގެ 11:00 ގައި ފުނަދޫ ސްކޫލު އޮފީހުގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުނަދޫ ސްކޫލު
ށ.ފުނަދޫ
ފޯން: 6540540
އީ-މެއިލް: [email protected]
19 ރަބީޢުލްއާޚިރު 1441
16 ޑިސެމްބަރ 2019