ދިވެހިރާއްޖެ
މިރަށުގެ އަލަށް އާބާދުވާ ސަރަޙައްދުގައި 05 މަގުބައްތި ޖަހަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (IUL)322-EP/322/2019/103 (25 ނޮވެމްބަރ 2019) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް މީހުން އައިސްފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ހޯއްދެވުމަށްފަހު 22 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެދުނު 09:30 އަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.