ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1 ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
1- ސީލިންގ މަރާމާތުކުރުން
2- ސްކޫލް އިމާރާތްތަކުގެ ދޮރުފަތްތައް ބަދަލުކުރުން
3- ހޯލް އިމާރާތުގައި ވޯލްފޭން ހަރުކުރުން
4- ދެ ޢިމާރާތް ގުޅުވާފައިވާ ދިމާލުން ވާރޭވެހޭބައިގައި ފުރާޅެއް ހެދުން
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 15 ން 2019 ޑިސެންބަރު 24 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ.
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 24 ވަނަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެންބަރު 24 ވަނަ ދުވަހުގެ 10:30 ގައި މިސްކޫލްގެ މީޓިންގރޫމްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 30 ވަނަ ދުވަހުގެ 10:30 ގައި ވިލުފުށީ ސްކޫލްގެ މިޓީންގ ރޫމްގައެވެ
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވިލުފުށީ ސްކޫލް
ތ.ވިލުފުށި
ފޯން: 7940633, 7970633
އީ-މެއިލް: [email protected]
18 ރަބީޢުލްއާޚިރު 1441
15 ޑިސެންބަރު 2019