ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ދެކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ހޯރަފުށީ ދެކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

                  ހއ. ހޯރަފުށީގެ ދެކުނު ފުޓްބޯޅަ ދަނޑުގައި އަމިއްލަ ތަކެތީގައި ޓާފް އަޅައިދިނުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. އެހެންކަމުން އެ މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ގޮތުގެމަތިން ހޯރަފުށީ އޯކިޑުވިލާ (ރަށްވެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

19 ޑިސެމްބަރ 2019

ބުރާސްފަތި

11:30

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި

26 ޑިސެމްބަރ 2019

ބުރާސްފަތި

11:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ރަބީޢުލްއާޚިރު 1441

15 ޑިސެންބަރު 2019
ހޯދާ