ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން.

ނިލަންދޫގައިކުރިން މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރި ސަރަޙައްދުން (ވެޔޮދޮށު މަގުގެ ހުޅަނގުން، މިހާރު މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ސަރަޙައްދުގެ ދެކުނުގައިވާ މަގުގެ ދެކުނުފަރާތުން)  ޢާއްމުވިޔަފާރިކުރުމަށް 1,500 (އެއްހާސް ފަސްސަތޭކަ) އަކަފޫޓުގެ 10 ބިން، ވަޑާންގެ ވޯކްޝޮޕް ހެދުމަށް  1,200 (ބާރަސަތޭކަ) އަކަފޫޓުގެ 10 ބިން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ ނަންބަރު: (IUL)374-C/374/2019/108 (26 ނޮވެންބަރު 2019) ޢިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ބިންތަކުގެ އަގަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ އަކަފޫޓަކަށް މަހަކު 70 (ހަތްތަރި) ލާރިއެވެ.

މި ބިންތައް ދޫކުރާނީ އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށެވެ. މާކުސް ދިނުމަށް ހަމަޖެއްސިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.

  1. އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް 70% އިންސައްތަ.
  2. އިންވެސްޓްމަންޓަށް          10% އިންސައްތަ.
  3. އިންވެސްޓްމަންޓުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ މަންފާތަކަށް  5% އިންސައްތަ.
  4.  ތަޖުރިބާއަށް 15% އިންސައްތަ.

 

މި ބިންތަކާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 15 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

 

ވީމާ، މި ބިންތައް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2019 ޑިސެންބަރު 19 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މިއިދާރާއަށް ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާނީ ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ބިމަކަށް ވަކިންނެވެ.

 

ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ.

 

15 ރަބީޢުލްއާޚިރް 1441

12  ޑިސެންބަރު 2019

12 ޑިސެންބަރު 2019
ހޯދާ