ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު (ޕޫލް - ވޭޖް އެމްޕޮލޯއިމަންޓް)

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލަށް މީހުން ނެގުމާބެހޭ

             މިރަށުގައި ހުރި މިސްކިތްތަކުގެ މަސައްކަތުމީހުން ސަލާމް ބުނުން އަދި އަހަރީ ޗުއްޓީއާއި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން، ވޭޖްގެ އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލަށް މީހުން ނެގުމަށް ބޭނުންވެއެވެ.

މަޤާމް:

މިސްކިތު މަސައްކަތު (ޕޫލް - ވޭޖް އެމްޕޮލޯއިމަންޓް)

ބޭނުންވާ ޢަދަދު:

02 (ދޭއް)

އޮފީސް / ޔުނިޓް:

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ / މުނިސިޕަލް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން:

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ މިސްކިތްތައް

މުއްދަތު:

2019 ޑިސެމްބަރ 16 އިން 2020 ޑިސެމްބަރ 15 އަށް (01 އަހަރު)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ރަށުކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި އިމާމް/މުދިމް އަންގާ ގޮތެއްގަމަތިން މަސައްކަތް ކުރުން
  2. ކޮންމެ ނަމާދު ވަގުތެއްގައި ކައުންސިލް އިދާރާއިން ރާވާ ގޮތެއްގެ މަތިން މިސްކިތަށްގޮސް މިސްކިތާއި މިސްކިތު ގޯތިތެރެ ފޮޅާސާފުކޮށް، ފާޚާނާއާއި، އިސްކުރުބަރިއާއި، ވަޅުދޮށްސާފުކުރުން.
  3. މިސްކިތް ފޮޅާސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތް ފޮޅާސާފުކުރުމާބެހޭ ހުރިހާ ކަމެއް ކުރުން މީގެ އިތުރުން ފެންތާނގީތައް ސާފުކުރަންޖެހޭ ޙާލަތުގައި ސާފުކޮށް ވާރޭފެން ތާނގީތަކަށް ފެންނެގުން.
  4. ފާޚާނާއާއި، އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަންދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގައި ހުންނަ ވިނަ ނޮޅާ، ކުނިކެހުމާއި ކުނިއުކާލުން ފަދަ މަސައްކަތް ކުރުން
  5. ހަމަޖެހިފައިވާ އުޞޫލުން މިސްކިތުގެ ދޮރާއި ދޮރުފަތްތައް، ހޮޅިބުރި، ފަންކާ،އަދި ކަބަޑުތައް ފޮޅާ ސާފުކުރުން.
  6. މިސްކިތަށް ލިބެމުންދާގެއްލުންތައް ޤަވާޢިދުން މުދިމް/އިމާމު އަށާއި ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުން.
  7. ކައުންސިލް އިދާރާއާއި މުދިމުން ހަމަޖައްސަވާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  9. ރަށުކައުންސިލް އިދާރާއިން ރާވާ ހިންގާ އިޖުތިމާޢީ ޙަރަކާތްތަކާއި، ކައުންސިލްގެ އިދާރާއިން ކުއްލި ޙާލަތުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

އެސް.އެސް 1

ސަޕޯރޓް ސްޓާފް ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް

45.00 ރުފިޔާގެ ރޭޓުން (މަހަކު 150ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް)

ނެތް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން،
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ،
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި އަދި ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން  އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 2019 ޑިސެމްބަރ 25 އާއި
2019 ޑިސެމްބަރ 31 އާއި ދެމެދު މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން ކަނޑައެޅުމަށްފަހު ލިޔުމުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ. (ސެޓްފިކެޓްތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަންވާނެއެވެ.)
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު ބަޔާންކޮށް، ވަޒީފާ އަދާކޮށްފައިވާ ތަންތަނުން/އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއިއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2019 ޑިސެމްބަރ 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ ރަސްމީ ދުވަސް ދުވަހުތަކުގެ ރަސްމީ ގަޑީގައި 6500030 ނުވަތަ 6500012 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   17 ރަބީޢުލްއާޚިރު 1441

14 ޑިސެންބަރު 2019
ހޯދާ