ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2019/22
އިޢުލާން |
ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުން
މިރަށު ގަބުރުސްތާނު ހިމެނޭ ސަރަޙައްދުގެ ތެރެއިން މިހާރު މީހުން ވަޅުލަމުންގެންދާ ސަރަޙައްދު 01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 ގެނިޔަލަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ،މިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން |
23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް |
26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
18 ޖުމާދިލްއާޚިރު 1441
15 ޑިސެމްބަރ 2019
ޢަބްދުﷲ ރުޝްދީ
ކައުންސިލް މެމްބަރ