ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ ކުނި ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް އުކާލަދޭނެ ފަރާތެއް ހޯދުން

ކުޅުދުއްފުށީ ކައުންސިލް އިދާރާއާއި މިސްކިތްތަކުގެ ކުނި ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް އުކާލަދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 12 ޑިސެމްބަރ 2019 (ބުރާސްފަތި) ދުވަހުން ފެށިގެން 18 ޑިސެމްބަރ 2019 (ބުދަ) ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 19 ޑިސެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ 10:30 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 23 ޑިސެމްބަރ 2019 ވާ (ހޯމަ) ދުވަހުގެ 10:30

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

15 ޑިސެންބަރު 2019
ހޯދާ