ދިވެހިރާއްޖެ
މި ސްކޫލުން ގެއެއް ކުއްޔަށް ހިފުމަށް 05 ޑިސެމްބަރ 2019ގައި މި އިސްކޫލުން ކުރި ނަންބަރ:GS91/IUL/2019/33 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމުގައިވާތީ އެ އިއުލާން ބާތިލްކޮށް މި ސްކޫލަށް ގެއްކުއްޔައް ހިފުމަށް އަލުން އިއުލާން ކުރަމެވެ.
ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން އޮންނާނީ 2019 ޑިސެމްބަރ 17 ވާ އަންގާރ ދުވަހުގެ 13:00 ގައި މި ސްކޫލް އޮފީހުގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.
ވީމާ، މި ސްކޫލަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.