މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 17 ޑިސެންބަރު 2019 12:44 ގައި ބާތިލް ކުރެވިފައެވެ.


 

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:30/IUL)25-A5/25/2019)   

އިއުލާން

 

މަޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ޓެކްނިކަލް ސަރވިސް

ރޭންކް: އެމް.އެސް 2

 

މުސާރަ: 6,295.00ރ.

ސަރވިސް އެލަވަންސް: 2,000.00ރ.       

 

އެހެނިހެން އެލަވަންސް: މުސާރައިގެ %35

ސަޕޯޓް ކޯ : 1100.00ރ

 ނުވަތަ

ޓެކްނިކަލް ކޯ : މުސާރައިގެ %28

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-317921

 

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ކ. މާލެ

ޑިވިޜަން/ ސެކްޝަން: އީސްޓް އެންޑް ސެންޓްރަލް ސެކްޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

މައިގަނޑު މަސައްކަތް:

1- މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، ރާއްޖެއާއި ސެންޓްރަލް އޭޝިއާގެ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން.

2- ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގައި ޤާއިމްކުރެވޭ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތަކާއި އަދި ރާއްޖޭގައި ޤާއިމްކުރެވޭ ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތައް ޤާއިމުކުރުމުގެ މަސައްކަތްތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން އަދި ދެޤައުމުގެ ކަލްޗްރަލް ސެންޓަރތައް ޤާއިމްކުރުމާއި އެ ސެންޓަރތައް ހިންގުމަށް އިދާރީ މަރުކަޒުން ފޯރުކޮށްދޭންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން

3- ސެންޓްރަލް އޭޝިއާގެ ޤައުމުތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުމާއ ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތަކާއި ޕްރޮޖެކްޓްތަކާއިގުޅޭ މަސައްކަތްތައް  އަދި ރާއްޖެއާއި ސެންޓްރަލް އޭޝިއާގެ ޤައުމުތަކާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ދާއިރާތަކުން ކޯޕަރޭޝަން އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން

4- ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގެ ސަފީރުން ޢައްޔަންކުރުމާއި ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގެ ކުސަފީރުން ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި ސެންޓްރަލް އޭޝިއާގެ ޤައުމުތަކުން ރާއްޖޭގެ އޮނަރަރީ ކޮންސަލުން އައްޔަންކުރުމާއި ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގެ އޮނަރަރީ ކޮންސަލުން ބަލައިގަތުން އަދި މިކަންކަމަށް ބޭނުންވާ ރަސްމީ ލިޔުންތައް ތައްޔާރުކުރުން

5- ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގެ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން

6- އިސްވެރިންގެ ލަފާގެދަށުން ސެކްޝަނާއިގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން

7- ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސެންޓްރަލް އޭޝިއާގެ ޤައުމުތަކުގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާއިރު ބޭނުންފުޅުވާ މަޢުލޫމާތު ކަރުދާހާއި ޓޯކިންގ ޕޮއިންޓް ތައްޔާރު ކުރުމުގައި އެހީތެރިވުން

8- ސެކްޝަންގެ އެންޓްރީ ޝީޓް ތައްޔާރުކުރުމާއި، އިސްވެރިޔާގެ އިރުޝާދާއެކު އެކްޝަން ނެގުމާއި، ޕެންޑިން އަޕްޑޭޓްކޮށް ފައިލްކުރުމައި ރެކޯޑް ބެލެހެއްޓުން. އަދި އަހަރު ރިޕޯޓާއި ބަޖެޓަށް ބޭނުންވާ މައުލޫމާތު ތައްޔާރުކުރުން

9- މިނިސްޓްރީގެ ރަސްމީ މަސައްކަތްތައްކުގައި ސުޕަވައިޒަރުގެ އިރުޝާދާއި ލަފައާއެކު އެހެން ޑިޕާޓްމަންޓުގެ މަސައްކަތްތަކުގައި އެހީތެރިވުން 

 

 

މަޤާމުގެ ޝަރުޠުތައް

 

ޑިޕްލޮމެސީ، ފޮރިންގ ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

3.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-     ތަޢުލީމާއި ތަމްރީން %40

-        އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) %5

-   މަސައްކަތުގެ ތަޖުރިބާ  %15

ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) %40

މަޤަމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޑިސެމްބަރ 2019 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަސް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 5 ޖެނުއަރީ 2020 އާއި 14 ޖެނުއަރީ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައެވެ.

 

 

"ވަޒީފާއަސް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރައިގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

               

‏12 ޑިސެމްބަރ 2019

‏15‏-ރަބީޢުލްއާޚިރު‏-1441

 

12 ޑިސެންބަރު 2019
ހޯދާ