ދިވެހިރާއްޖެ
ޝަރަފުއްދީން ސްކޫލް
އައްޑޫސިޓީ، ދިވެހިރާއްޖެ
ނަންބަރު: GS43-A/2019/73
އިޢުލާނު
މަޤާމް: |
ސްޕެޝަލައިޒޭޝަން |
ބޭނުންވާ ޢަދަދު |
މަޤާމުގެ ނަންބަރ |
ޓީޗަރ
|
ކްރިއޭޓިވް އާޓްސް |
1 |
J-308642
|
ޓީޗަރ |
ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން |
1 |
J-272227
|
ޓީޗަރ |
ޤުރުއާން |
2 |
J-292583 J-305067 |
ޓީޗަރ |
އިސްލާމް |
1 |
J-307818 |
ޓީޗަރ |
އަރަބި |
1 |
J-299066 |
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
ސީ.އެސް 11-2 އިން ސީ.އެސް 15-5 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސްކޫލް ޓީޗަރސް |
|
ސެކްޝަން: |
އެކަޑަމިކް |
|
މަޤާމް އޮތް އޮފީސް: |
ޝަރަފުއްދީން ސްކޫލް، ހިތަދޫ، އައްޑޫސިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޝަރަފުއްދީން ސްކޫލް، ހިތަދޫ، އައްޑޫސިޓީ |
|
މުސާރަ: |
-/7070 ރުފިޔާއާއި -/10640 ރުފިޔާއާއި ދެމެދު |
|
ސަރވިސް އެލަވަންސް: |
-/2500 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
||
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 04. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް: |
||
މުސާރައިގެ އިންސައްތަ |
ސަނަދު |
|
30% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން |
|
25% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8ގެ ސަނަދެއް އޮތުން |
|
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6ގެ ސަނަދެއް އޮތުން |
|
15% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5ގެ ސަނަދެއް އޮތުން |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
· ލެސަންޕްލޭން އަދި ލެސަންނޯޓްސް ލީޑިންގ ޓީޗަރުން ކަނޑައަޅުއްވާ އުސޫލުތަކާއި އެއްގޮތަށް ހެދުން. · ކިޔަވައިދޭން ލިބޭވަގުތު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭވަރަށް ފިލާވަޅު ހުށަހަޅައި ދިނުމަށް ތައްޔާރުވުން. · ފިލާވަޅު ހުށަހަޅައި ދިނުމުގެ މަގުސަދު ހާސިލް ކުރެވޭކަން އެގޭފަދަ ގޮތަކަށް ކުރިޔަށް ގެންދިޔުން. · ކިޔަވައިދިނުމަށް ކަނޑައެޅިފައިވާ މާއްދާ އުގަންނައިދޭންޖެހޭ މިންވަރަށް އުނގަންނައިދީ ފިލާވަޅު ދިނުން. · ގްރޭޑްގައި އުނގެނެންޖެހޭ މިންވަރު ހާސިލްނުވާ ދަރިވަރުން އިތުރުގަޑީގައި ގެނެސްގެން ކިޔަވައިދީ މަޤުސަދު ހާސިލްކުރެއްވުމަށް މަސައްކަތްކުރުން. · ކިޔަވައިދިނުން ފެށުމުގެ ކުރިން ކްލާހުގައި ކުދިން ހަމައަށް ތިބިތޯ ބަލާ އަދި އެންމެހާކުދިން ފިލާވަޅުގައި ބައިވެރިކުރުވައިގެން ކިޔަވައިދިނުމަށް މަސައްކަތްކުރުން · އެސެސްމަންޓް ޕޮލިސީއާއި އެއްގޮތަށް ކުދިންގެ ޓެސްޓުތައް ނެގުން އަދި ފުރިހަމަނުކުރެވޭ އެސެސްމަންޓުތައް އެހަފްތާއެއްގެ ތެރޭގައި ކުދިން އިތުރުގަޑީގައި ގެނެސްގެން ފުރިހަމަކުރުން. · ސްކޫލްގައި ކަނޑައެޅިފައިވާ ރަސްމީގަޑިތެރޭގައި ހަވާލުކުރެވޭ ރިލީފްގަޑިތައް ފަރުވާތެރިކަމާއިއެކު ނެގުން · ދަރިވަރުންގެ ކިޔެވުމަށް އަންނަ ކުރިއެރުމަށް ބަލައި އެކަޑަމިކް ރިޕޯޓް ތައިޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ކަނޑައެޅިފައި ވާ އުސޫލުން ހަވާލު ކުރަން ޖެހޭ ފަރާތާއި ހަވާލު ކުރެއްވުން. · މަތީގައި ހިމެނިފައި ނުވީނަމަވެސް ކިޔަވައިދިނުމާއި ގުޅޭ މަސައްކަތެއެއް ސްކޫލުން ޙަވާލު ކޮށްފިނަމަ އެކަމެއް ފަރުވާތެރި ކަމާއެކު ކުރުން. 2. ކްލާސް ޓީޗަރެއްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް · ކްލާސް މޮނީޓަރުން ހޮވައި އެކުދިންނަށް އެކުދިންގެ ޒިންމާތައް ބުނެދިނުން. · ދަރިވަރާއިބެހޭ އެންމެހާ މަޢުލޫމާތުތައް (އިންޑެކްސް ނަންބަރ، އެޑްރެސް، ފޯން ނަންބަރ...) އަށް އަންނަ އެންމެހާ އުނިއިތުރުތައް ކްލާސް ރެޖިސްޓަރ އާއި ދަރިވަރުންގެ ހުރިހާ ރެކޯޑުތަކަށް ގެނައުން · ކްލާސް ހާޒިރީ ދުވަހުން ދުވަހަށް މާކުކުރުން. ކްލާސްރެކޯޑު ފޮތުގައި އެހެނިހެން މާއްދާތައް ނަންގަވައިދެއްވާ ޓީޗަރުން ފިލާވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވޭތޯ ބައްލަވައި ޗެކުކުރެއްވުން. 3. މުއައްޒަފުގެ ކިބައިގައި ހުންނަންވީ ސިފަތައް · ސްކޫލްގެ މަޤްސަދުތައް ޙާސިލް ކުރިމަށް ބޭނުންވާ ވަޞީލަތްތައް ރޭވުމާއި، އުފެއްދުންތެރި ގޮތެއްގައި އެވަޞީލަތްތައް ބޭނުންކުރުމުގައި އިސްދައުރެއް އަދާކުރުން · ސްކޫލްގެ ލަނޑުދަންދިތައް ހާޞިލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތަތައް ތަރުތީބުކޮށް އިސްފަސްކުރުން · ހަރުދަނާ ވުމުގައި ނަމޫނާ އަކަށް ވުން · އެހެންމީހުންނަށް އިތުބާރު ހިފޭފަދަ ތެދުވެރި ސިފަތަކެއް ހުރުން · ކިޔަވައި ދިނުމުގައާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިންސާފުވެރިވުމާއި ހިތްހެޔޮވުން · ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އަޚްލާޤް ރަނގަޅުވުން. · އޮފީސްގަޑި ބޭނުންތެރި ގޮތުގައި އޮފީހުގެ މަސައްކަތަށް ހޭދަކުރުން · ހަވާލުކެރެވޭ މަސައްކަތްތައް އިޚްލާސްތެރިކަމާއެކު ވީ އެންމެ ރަނގަޅައް ކުރުން. · ކްލާސްރޫމް ކޮންޓްރޯލްކޮށް ދަރިވަރުންގެ އަޚްލާގެ ބެލެހެއްޓުން · ދަރިވަރުންގެ އަޚްލާޤު ރަނގަޅުކުރުމަށްޓަކައި ކިޔަވައިދެއްވާ މާއްދާގެ ޒަރިއްޔާއިން ތަފާތު މަސައްކަތްކުރުން. · ތަރުބިއްޔަތު ކުރުމަށްޓަކައި ސްކޫލުން ކަނޑައަޅާ އުސޫލުތައް ޤާއިމް ކުރުމަށް މަސައްކަތް ކުރުން · ދަރިވަރުންނާއިއެއްކޮށް ހޭދަކުރެވޭވަގުތުތަކުގައި ދަރިވަރުން ހެދުންއަޅާގޮތާއި، އުޅުން ބަހައްޓަނީ ސްކޫލްގެ ގަވާއިދާއިއެއްގޮތަށްތޯ ބަލައި ޗެކުކުރުން. · މަގާމުގެ މައިގަނޑު މަސައްކަތްތައް އަދި އެހެނިހެން މަސައްކަތްތައް ކުރުމުގައި ވަގުތު އެންމެއެދެވޭ ގޮތުގައި ބޭނުން ކުރުން · މަސައްކަތުގެ މާޙައުލަށާއި ކުރަންޖެހޭ މަސައްކަތްތަކަށް ދުވަހުން ދުވަހަށް އަންނަ ބަދަލާއި އެއްގޮތަށް ރޭވިފައި ވާ މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން · ޝައުޤުވެރި ކަމާއި އެއްކޮށް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން · ދަރިވަރުންގެ ކުރިއެރުމާމެދު ވިސްނާ ޒިންމާދާރުވެ، ކައންތައްތަކަށް އިސްނަގާ ކަންތައްތައް ރޭވުން، އަދި އެހެން މީހުންގެ އެހީތެރިކަން ހޯދާ ރޭވޭ މަސައްކަތްތަ ކުރުން · އަމިއްލަ ކުރިއެރުމަށްޓަކައި ވަޒީފާއާއި ބެހޭ އައު މަޢުލޫމާތު ހޯދުން 4. ސްކޫލްގެ ޢާއްމު ޤަވާއިދުތައް ދެމެހެއްޓުމާއިބެހޭ · ކްލާސްރެކޯޑު ފޮތުގައި ނަންގަވައި ދެއްވާ މާއްދާގެ ފިލާވަޅުތައް ތަފްސީލުކޮށް ބަޔާންކުރުން. · ކުދިންގެ ކިޔެވުމާއި އަޚްލާޤު އަދި އެހެނިހެންވެސް ބަލަހައްޓަންޖެހޭ ރެކޯޑްތައް ބެލެހެއްޓުމަށްޓަކައި ހެދިފައިވާ ފޯމްތައް ދުވަހުން ދުވަހަށް ފުރިހަމަކުރުން. · ކްލާސްރޫމް ސާފުކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުން. އަދި ކްލާހުގެ ތަނެއްގައި ކުރަހާފައިވާނަމަ އެކަން ސުޕަރވައިޒަރަކަށް ނުވަތަ ސެޝަން އިންޗާޖެއްގެ ސަމާލުކަމަށް ގެނައުން. · ލިބޭ ހުސްވަގުތުތަކުގައި ކްލާހުންބޭރުގައި މާގިނައިން އުޅޭކުދިންނާއި ސްވާލުކޮށް އެކުދިންނަށް ނަސޭހަތްތެރިވުން. · ސެޝަންނިމުމަށްފަހު އަދި ދަރިވަރަކު ނުވަތަ ދަރިވަރުންތަކެއް ސެޝަންނިމުމަށްފަހު މަޑުކުރުވާނަމަ އެދަރިވަރަކު ނުވަތަ ދަރިވަރުން ކްލާހުން ހުސްވަންދެން ކްލާހުގައި މަޑުކުރުން. އަދި ފަންކާ، ބޮކި އަދި އޭސީ ފަދަ ތަކެތި ނިއްވާފައި ހުރިތޯ ޗެކު ކުރުން. 5. މަސައްކަތުގެ މައުލޫމާތާއި ހުނަރު · ކިޔަވައިދިނުމާ ކިޔަވައިދޭންޖެހޭ މާއްދާގެ މަންހަޖަށް ހޭލުންތެރިވެ އެކަންތައްތައް އެނގި މައުލޫމާތު ލިބޭ މިންވަރަކުން މަންހަޖު ތަންފީޒްކުރުން · ދަރިވަރުންނާއިއަދި ކިޔަވާދެއްވާ މާއްދާއަކާ އެކަށީގެންވާ ގޮތަކަށް ބަސްކޮށާރު ބެހެއްޓުން · ދަރިވަރުންނާއި ވާހަކަދައްކާއިރު އެކަށީގެންވާ ރީތި ބަހުރުވައެއް ބޭނުންކުރުން. · ކުރަންޖެހޭ މަސައްކަތްތަ އޮޅުންފިލުވާ ވާސިލްވާންޖެހޭ އަމާޒުތަކާއި އިސްކަން ދޭންޖެހޭ ކަންތަތައް ކަނޑައަޅާ ރޭވުން · ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން · ސްކޫލްގެ މަޤްޞަދުތައް ޙާޞިލްވާގޮތަށް ކަންތައްތަ ނިންމަންޖެހޭ ވަގުތު ތެރޭގައި ނިންމުން · މުވައްޒަފުންނާއި ބެލެނިވެރިންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ޤާއިމްކުރުމައްޓަކައި ފައިދާހުރި ގޮތެއްގައި މުޢާމަލާތު ކުރުން · މައްސަލަތައް ދެނެގަތުން. އަދި މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަ ހޯދާ މައްސަލަތައް ޙައްލު ކުރުން · ކަންކަމާއި މެދު ދުރާލާ ވިސްނާ އެކަށީގެންވާ ފިޔަވަޅު އަޅުން · މަސައްކަތައް ފައިދާހުރި ގޮތެއެއްގައި އުފެއްދުންތެރި ހިޔާލުތައް ބޭނުންކުރުން 6. މަސައްކަތުގެ ދާއިރާގައި ބަހައްޓަންޖެހޭ ގުޅުން · މަސައްކަތުގެ ދާއިރާގައި އެކުވެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުން · ދަރިވަރުން، ބެލެނިވެރިން އަދި އެހެން މުވައްޒަފުންނަށް އެހީތެރިވެ އިޙްތިރާމުކުރުން · ޓީމްގެ މެމްބަރެއްގެ ހައިޞީއްޔަތުން މަސައްކަތްތައް ނިންމުމަށް ޓީމްގެ މެންބަރުންނާއި ގުޅިގެން މަސައްކަތް ކުރުން |
|
މަޤާމުގެޝަރުތުތައް:
މަޤާމް ނަން |
ކްލެސިފިކޭޝަން |
ސިވިލް ސަރވިސް ރޭންކް |
އަސާސީ ޝަރުތު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިޔަރ ޓީޗަރ
|
ސްކޫލް ޓީޗަރސް
|
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
10,640.00 |
2,500.00 |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
10,320.00 |
2,500.00 |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
10,100.00 |
2,500.00 |
||
CS15-2
|
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން - ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. - ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ |
9,910.00
|
2,500.00
|
||
ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން - ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން |
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
9,850.00 |
2,500.00 |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
9,360.00 |
2,500.00 |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
8,890.00 |
2,500.00 |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ - ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ |
8,440.00 |
2,500.00 |
||
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. |
8,250.00 |
2,500.00 |
||
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
7,840.00 |
2,500.00 |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައިމަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން |
7450.00 |
2,500.00 |
||
|
|
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. - ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން |
7070.00 |
2,500.00 |
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެމްބަރ 2019 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ޝަރަފުއްދީން ސްކޫލަަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރާނީ [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 ޑިސެމްބަރ 2019 އާއި 31 ޑިސެމްބަރ 2019 އާ ދެމެދު، ޝަރަފުއްދީން ސްކޫލުގައެވެ. |
ޝޯޓްލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ރިލީފް މަޤާމަކަށް އެކަޑަމިކް އަހަރު ނިމެންދެން ނެގުމަށް ހަމަޖެހިފައިވެއެވެ.
މަޤާމުގެ ގިންތި: ވަގުތީ
މުއްދަތު: 01 އަހަރު
އުޖޫރަ: ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް
މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ |
މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ |
4500.00ރ |
1500.00ރ |
މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ |
5500.00ރ |
1500.00ރ |
ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ |
6090.00ރ |
2500.00ރ |
އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ނޯޓް:
- ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
- ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
- ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 688-7030 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.