ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގެ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް ޕްރޮޖެކްޓް އިންޖިނިއަރ ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނެދަރލޭންޑްސް އެންޓަރޕްރައިސް އެޖެންސީ އަދި ކުވެއިތް ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީގެ ދަށުން ކުރިއަށްގެންދާ " ކޯސްޓަލް ޕްރޮޓެކްޝަން އެޓް ޏ.ފުވައްމުލައް" މަޝްރޫޢުގެ މަސައްކަތްތައް ކޯޑިނޭޓްކުރުމަށް ޕްރޮޖެކްޓް އިންޖިނިއަރ އެއް ހޯދުމަށް ބޭނުންވެއެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް: އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ. އީމެއިލް: [email protected] މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ އީމެއިލް އެޑްރެހަށް އީ މެއިލް ކުރެއްވުން އެދެމެވެ. |