ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކުވައިތު ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު

ކުވައިތު ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު

 

2020 ވަނަ އަހަރު އެޕްރީލް 07 ން 15 އަށް ބާއްވާ ކުވައިތު އިންޓަރނޭޝަނަލް ކީރިތި ޤުރްއާން ކިޔެވުމުގެ 12 ވަނަ މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މި މުބާރާތުގެ ބައިތަކުގެ ތެރެއިން ތިރީގައިވާ ބައިތަކުން މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުމަކީ ލާޒިމްކަމެއް ކަމުގައިވާތީ މިގޮފީގައި އެއްވެސް ބައިވެރިޔަކު ބައިވެރި ނުވެއްޖެނަމަ ރާއްޖެއިން މި މުބާރާތުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

ބައިވެރިވުމުގެ ޝަރުޠު:

 

މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފި: (އަސާސީ ބައި)

1-    ކީރިތި ޤުރްއާން ހިތުދަސް ފިރިހެނަކު ކަމުގައިވުން.

2-    ޢުމުރުން 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން.

3-    ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

 

ކީރިތި ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލް ކުރުމުގެ ގޮފި: (ދިގުރާގަށް ކިޔެވުން)

1-    ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ މީހެއް ކަމުގައިވުން.

2-    ޢުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

 

 

 

މި މުބާރާތުގައި ކޮންމެ ގޮތްޕެއްގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާނީ މި މަރުކަޒުން ބައިވެރިން އިމްތިޙާން  ކުުރުމަށްފަހުގައެވެ.

12 ޑިސެންބަރު 2019
ހޯދާ