އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވިފައިވާ ނަންބަރ GS187/IUL/2019/23 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.

އިޢުލާން

2020ވަނަ އަހަރުގެ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

        މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވިފައިވާ ނަންބަރ GS187/IUL/2019/23 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.

          1 ޖަނަވަރީ 2020 އިން 31 ޑިސެންބަރު 2020 އަށް މި ސްކޫލުގައި ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

       މި މަސައްކަތާ ގުޅޭ އެންމެހާ މަޢުލޫމާތު 17 ޑިސެމްބަރ އިން 19 ޑިސެމްބަރ 2019 އަށް އިސްދޫ ކަލައިދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު ގެ 11:00 ގައި  އިސްދޫ ކަލައިދޫ ސްކޫލްގައެވެ.

މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6800743 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޑިސެންބަރު 2019
ހޯދާ