ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނޯޓިސް ބޯޑެއް ހެދުން
މިމަރުކަޒުގައި ނޯޓިސް ބޯޑެއް އަޅާދޭނެ ފަރާތެއް ހޯދުމާބެހޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިމަރުކަޒުންދޭ މަޢްލޫމާތާއި އެއްގޮތަށް، މިމަރުކަޒުގައި ނޯޓިސް ބޯޑެއް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ. ބީލަމާ ބެހޭ ހުރިހައި މަޢްލޫމާތެއް ބީލަން ފޮތުގައި ހިމެނިފައި ވާނެއެވެ. ބީލަން ފޮތް ބޭނުންވާ ކޮންމެ ފަރާތަކަށް މެއިލް ކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.
- ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ދުރުވެ ނުވަތަ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމާއި ޕްރީބިޑް މީޓިން އޮންނާނީ ތިރީގައިވާ އެޑްރެހުގައެވެ.
- ތަން: ތ.އަތޮޅު ތަޢްލީމީ މަރުކަޒު (އިދާރީ އޮފީހުގައި)
- ފޯން ނަމްބަރ: 6780015
- މެއިލް އެޑްރެސް: [email protected]
- މަގު: ޣާޒީ ހިނގުން
އައިޓަމް / ތަފްސީލު |
ތާރީޚް |
ގަޑި |
ރަޖިސްޓްރީ ކުރުން |
23 ޑިސެމްބަރ 2019 (ހޯމަ) |
10:00 ގެ ކުރިން |
މަޢުލޫމާތު ސާފުކުރެއްވުން |
23 ޑިސެމްބަރ 2019 (ހޯމަ) |
11:00 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
25 ޑިސެމްބަރ 2019 (ބުދަ) |
13:00 |
12 ޑިސެންބަރު 2019
ހޯދާ