ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

         ހަނިމާދޫ ކައުންސިލް އިދާރާގެ ގޯތިތެރެއާއި ގޯތިތެރޭގައި ހުރި އިމާރާތްތަކާއި ރައްޔިތުންގެ ވެހިކަލް ގަރާޖާއި، ކައުންސިލް އިދާރާގެ ގޯތީގެ ވަށައިގެންވާ އިންފާރުތައް ހިމެނޭގޮތަށް މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް 24 ގަޑިއިރު ކަނޑައެޅިފައިވާ ވަކި ޔުނިފޯރމެއްގައި ދިވެހި ސެކިއުރިޓީ އޮފިސަރުންނާއެކު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގައި

ތަން:  ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގައި

22/12/ 2019 ވާ އާދީއްތަ ދުވަހުގެ 13:00

26/12/2019 ވާ ބުރާސްފަތި ދުވަހުގެ 13:00

      ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި  ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން"މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޑިސެންބަރު 2019
ހޯދާ