ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮއްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ

ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮށްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ

           ހދ.ހަނިމާދޫގައި އުފެދޭ އަދި އުފައްދާ ކުނި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހަފްތާއަކު 3 ދުވަހު ކުނީގެ ދަފްތަރުގައި މި ކައުންސިލްގައި ރަޖިސްޓްރީ ކޮށްފާއިވާ ތަންތަނުން ކުނިނަގައި ކުނިކޮށްޓަށް ގެންގޮސް ކުނި ނައްތާލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގައި

ތަން:  ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގައި

22/12/2019 ވާ އާދީއްތަ ދުވަހުގެ 11:00

26/12/2019 ވާ ބުރާސްފަތި ދުވަހުގެ 11:00

      ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި  ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮށްޓަށް ޖަމާކޮށް ނައްތާލުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޑިސެންބަރު 2019
ހޯދާ