ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢްލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާއެއްގޮތަށް މިއިދާރާގެ ސްޓޮކްއަށް 2 ކަބަޑު އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 އިތުރު މަޢުލޫމާތު

  • މިމަސައްކަތަކާގުޅޭ އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 2019 ޑިސެމްބަރު 16 ވާ ހޯމަ ދުވަހުގެ 13.00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ    2019 ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.

 ހުށަހެޅޭ ބިޑްތައް އިވަލުއޭޓް ކުރުމާއި މާކްސް ދިނުން

  • ބިޑްތައް އިވަލުއޭޓް ކުރާނީ ކައުންސިލުން އެކުލަވާފައިވާ އިވަލުއޭޝަން ކޮމެޓީއަކުންނެވެ. އިވަލުއޭޓް ކުރުމަށްފަހު ބިޑް ކާމިޔާބު ކުރި ފަރާތަށް އެންގޭނެއެވެ.

 

  • އިވަލުއޭޝަންގައި މާކްސް ދެވޭނީ،

ހުށަހެޅޭ އެންމެ ކުޑަ އަގަށް % 70 އިންސައްތަ ( އަގަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ކުޑައަގު އެއީ ބެންޗް މާކު ކަމުގައެވެ.)

  • މުއްދަތަށް  %  20 އިންސައްތަ ( މުއްދަތުގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަކީ ބެންޗް މާކްސް ކަމުގައި ބަލައިގެންނެވެ.
  • މަސައްކަތުގެ ތަޖްރިބާ އަށް %  10 އިންސައްތަ ( ތަޖްރިބާ މިންކުރުމުގައި ބަލާނީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުން ދޫކޮއްފައިވާ ކަމާ ގުޅުންހުރި، އެތަނެއްގެ ތައްގަނޑުޖަހާފައިވާ ލިޔުންތަކެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

12 ރަބީޢުލްއާޚިރު 1441

09  ޑިސެމްބަރު  2019  

10 ޑިސެންބަރު 2019
ހޯދާ