ދިވެހިރާއްޖެ
ނަންބަރު:IUL)32-HRD/1/2019/82)
އިޢުލާން
ލީގަލް އެއިޑް ކޮންސަލްޓަންސީގެ ފުރުޞަތު ހުޅުވާލުން
ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލީގަލް އެއިޑް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނެ 3 (ތިނެއް) ޤާނޫނީ ވަކީލުން ޢައްޔަނުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.
މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.
މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް 18 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010142 ނުވަތަ 3010126 ފޯނާ ގުޅުއްވުން އެދެމެވެ.
12 ރަބީޢުލްއާޚިރު 1441