ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރެކްޓިކަލް ޓެސްޓް ދޭނެ އެގްޒަމިނަރެއް ބޭނުންވެއްޖެ

އިޢްލާން

 

ުރެކްޓިކަލް ޓެސްޓް ދޭނެ އެގްޒަމިނަރެއް ބޭނުންވެއްޖެ

 

މިއިދާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ  އެގްޒަމިނަރަކު ބޭނުންވެއްޖެއެވެ. މި މަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.   

ވީމާ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019  ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބޭނުންވާ ޢަދަދު

      އެކެއް (1 )

ޝަރުޠު

-          ފާއިތުވި 5  އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލުގައި ވަޒީފާ އަދަކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިން ސްކޫލެއްގައި މަސައްކަތް ކުރާ މީހެއްކަމުގައި ނުވުން.

އުޖޫރަ

     ކައުންސިލްގެ އިދާރާއިން ޓެސްޓްކުރާ  A0 ކެޓަގަރީގެ އުޅަނދަކަށް    15.00 (ފަނަރަ) ރުފިޔާ

     ކައުންސިލްގެ އިދާރާއިން ޓެސްޓްކުރާ  A1 ކެޓަގަރީގެ އުޅަނދަކަށް    25.00 (ފަންސަވީސް) ރުފިޔާ

ހުށަހަޅަންޖެހޭތަކެތި

-          ލައިސަންސްގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ.

-          ޓްރެފިކް ވައިލޭޝަން ކުށުގެ ރެކޯޑް.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާނުކުރީމެވެ.  

12 ރަބީޢުލްއާޚިރު 1441

09  ޑިސެމްބަރު  2019  

10 ޑިސެންބަރު 2019
ހޯދާ