ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ސްކޫލު ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައި ނުވާތީ އެކަމާ ގުޅިގެން ކުރެވުނު GS135/IUL/2019/26އިއުލާން ބާތިލްކޮށް 3 ވަނަ ފަހަރަށް އިއުލާން ކުރަމެވެ .
- ސްކޫލް ހޯލްގެ ސީލިންގް މަރާމާތުކުރުން
- ގުރޭޑް 9 ގެ ކުލާސްރޫމްގެ ދެފަރާތުގެ ދިޔަދޮވި ބަދަލުކުރުން
މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް ބީލަންފޮތުގައި ވާނެއެވެ.
- މިޕްރޮޖެކްޓަށް ބީލަން ހުށައަޅުއްވަން އެދޭ ފަރާތްތަކުން، 2019ޑިސެމްބަރު 11 ން 2019 ޑިސެމްބަރ 15 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 16 ޑިސެމްބަރު 2019 ވާ ހޯމަ ދުވަހު 11:00 ގައި މިސްކޫލުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019ޑިސެމްބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 19 ވަނަ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބ.މާޅޮހު ސްކޫލް
ބ.މާޅޮސް / ދިވެހިރާއްޖެ
ފޯން: 6600020
އީ-މެއިލް: [email protected]