ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2019/50
އިޢުލާން
ހދ.ކުމުންދޫ ސިއްޚީ މަރުކަޒުގެ ލެބޯޓަރީ ސާމްޕަލް ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
މި އިދާރާގެ ނަންބަރު(IUL)267/267/2019/45 : (30 އޮކްޓޯބަރ 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.
ހދ.ކުމުންދޫ ޞިއްޙީމަރުކަޒުން ޙާވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު އެއްފަހަރު ( ހުކުރު ދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް މަރުކަޒުން އެދިއްޖެނަމަ) 6 މަސް ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1- ހަފްތާ އަކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 ގައި ސިއްޚީ މަރުކަޒުން ސާމްޕަލްތަކާއި އިތުރު ޑޮކިޔުމަންޓްތައް ނަގައިގެން ގެންގޮސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލެބޯޓަރީ އާއި ހަވާލު ކުރުން.
2- އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ހާލަތެއްގައި ހުކުރު ދުވަހާއި ސަރުކާރު އެހެން ބަންދު ދުވަސް ތަކުގައިވެސް ސާމްޕަލްތައް ގެންދިޔުން.
3- ސާމްޕަލްތައް ގެންދާ ދުވަސްތަކުގައި ޓެސްޓްގެ ނަތީޖާ ލިބުމުން ނަތީޖާތަކާއި އެކު އިތުރު ޑޮކިޔުމަންޓް ތައް އަދި ކެރިއަރ ވީ އެންމެ އަވަހަކަށް ސިއްޚީ މަރުކަޒާއި ހަވާލުކުރުން.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިކައުންސިލައް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލައް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
13 ރަބީޢުލްއާޙިރު 1441
10 ޑިސެމްބަރ 2019