ދިވެހިރާއްޖެ
ހުޅުދެލީސްކޫލް
ދ. ހުޅުދެލި
ދިވެހިރާއްޖެ ނަންބަރު: GS-171/IUL/2019/43
އިޢުލާން
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިސްކޫލްގެ ނަންބަރު: GS-171/IUL/2019/41 (08 ޑިސެމްބަރު 2019) ގެ އިޢުލާންގައި ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ އެޢިއުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
2020 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލް އޮފީހަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. މަގުބޫލް އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ