މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލްގައި ކުރަންހުރި މަރާމާތުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލުން
2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލްގައި ކުރަންހުރި މަރާމާތުގެ މަސައްކަތައް ކުރެވުނު އިޢުލާން ނަންބަރު GS25/IUL/2019/32 ބާޠިލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- 2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަމްބަރ GS25/IUL/2019/32 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، 2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޑިސެންބަރ 2019 ވާ އާދީއްތަ ދުވަހު 10:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 19 ޑިސެންބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަމްބަރ ( 2014/18 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރ ( 2014/19 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ.އަތޮޅު މަދަރުސާ / ފޯން: 7952902 / އީ-މެއިލް: [email protected]
މަސައްކަތުގެ އަންދާސީ ހިސާބު ހުށަހަޅާނީ ވަކިންނެވެ.
1 – ހަތަރު ކިލާސް ރޫމްގައި މުށި ޖެހުން.
2 – ސުޓާފް ރޫމް ތަޅުންގަނޑު އުސްކުރުމާއި މުށިޖެހުން.
3 – ހަތަރު ކްލާސްރޫމްގެ އަސްކަނީ ސީލިން ކުރުމާއި ހޯލު ޢިމާރާތުގެ ކޮޅުބިތުގެ ނަލަފިލާ ބަދަލުރުން
10 ޑިސެންބަރު 2019
ހޯދާ