މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާހާނާގެ ދޮރާއި ދޮރުފަތް ފައިބަރއަށް ބަދަލްކުރުން
މި އިޢުލާންވަނީ 11 ޑިސެންބަރު 2019 11:12 ގައި ބާތިލް ކުރެވިފައެވެ.
- މަދްރަސަތުލް އިފްތިތާޙަށް ދަރިވަރުންގެ ފާހާނާގެ ދޮރާއި ދޮރުފަތް ފައިބަރއަށް ބަދަލްކުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 10 ޑިސެމްބަރ 2019 ން 17 ޑިސެމްބަރ 2019 ށް ބަންދުނޫން ދުވަސްތަކުގެ 10:00 އިން 13:00 އަށް މިމަދްރަސާގައި ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިމަދްރަސާގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރު 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބީލަންތައް ފޮނުވާނީ 24 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިމަދްރަސާއަށެވެ.
- ބީލަން ހުޅުވުން އޮންނާނީ 24 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިމަދްރަސާގެ މީޓިންގރޫމްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
- ފޯން: 6620291
- އީމެއިލް: [email protected]
10 ޑިސެންބަރު 2019
ހޯދާ