ދިވެހިރާއްޖެ
އިޢުލާން
ރ. މާކުރަތުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން.
މި އިދާރާގެ ނަންބަރު : (IUL)305-CA305/305/2019/109 (25 ނޮވެމަބރ 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.
ރ. މާކުރަތުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ތިރީގައި މިވަނީ މިމަސައްކަތާއި ގުޅުންހުރި މަޢުލޫމާތެވެ.
- ރ. މާކުރަތަކީ 51 ހެކްޓަރުގެ ރަށެކެވެ.
- މި މަސައްކަތުގެ ދަށުން ހަދާ ލޭންޑް ޔޫސް ޕްލޭންގައި ރަށުގައި މިހާރު ހުސްކޮށްހުރި ބިންތައް ބޭނުންކުރަން ހުށަހަޅާ ގޮތްތަކާއި، ފަޅު ހިއްކުމުގެ ޕްލޭން އޮންނަންވާނެއެވެ. އަދި ހިއްކާ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އޮންނަން ވާނެއެވެ.
- ރަށުގައި މުސްތަޤުބަލުގައި ޤާއިމުކުރާ ޚިދުމަތްތަކާއި، ޕާކުތަކާއި މައިޒާންތައް، ހައުސިން ބޭނުންތަކަށާއި ވިޔަފާރި އިޤްތިޞާދީ ބޭނުންތަކަށް ކަނޑައެޅޭ ބިންތައް ފާހަގަވެ އެނގެން އޮންނަންވާނެއެވެ.
- ރަށުގެ ޗާޓް ކުރަހަންވާނީ އޮޓޯކޭޑްގައި ޖީ.ޕީ.އެސް ޕޮޒިޝަނަށެވެ.
- ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަންވާނީ މަސައްކަތާއި ހަވާޅުވާ ފަރާތުން، ރަށު ކައުންސިލާއި، ރަށުގައިހުރި އެހެން އިދާރާތަކާއި، ރަށުގެ ރައްޔިތުންގެ ތެރެއިން އެކި ފަންނުގެ މީހުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދައިގެންނެވެ. މީގެ އިތުރުކުން ލޭންޑް ޔޫސް ޕްލޭން ޑްރާފްޓް ކުރުމަށްފަހު ކައުންސިލުން އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމިޓީގެ ޚިޔާލު ހޯދަންވާނެއެވެ.
- މި މަސައްކަތުގައި ހިމެނޭ ލޭންޑް ޔޫސް ޕްލޭން ނިންމަންވާނީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރިޢާޔަތްކޮށް، ރ. މާކުރަތު ކައުންސިލާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޤަބޫލުކުރާ ފެންވަރަށެވެ.
- މި މަސައްކަތާއި ޙަވާލުވާ ފަރާތަކަށް ރ. މާކުރަތު ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ތިރީގައި މިވަނީއެވެ. (ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތުގައި ތިރީގައިވާ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތަކާއި ޒިންމާއެއް އުފުލަންވާނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.)
(ހ) ކައުންސިލުގެ ޚަރަދުގައި ރ. މާކުރަތުގައި އެކޮމަޑޭޝަން ހަމަޖައްސައިދިނުން.
(ށ) ކައުންސިލުގެ ޚަރަދުގައި ރ. މާކުރަތުގައި ކެއުން ހަމަޖައްސައިދިނުން.
(ނ) ރަށުގެ އިދާރާތަކާއި މަޝްވަރާކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުން.
(ރ) ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް އިންތިޒާމްކޮށް ދިނުން.
(ބ) ކައުންސިލްގެ ފަރާތުން ދައުލަތުގެ މުއައްސަސާތަކާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތު ކުރުން.
8. މިއިޢުލާނާއެކު ރަށުގެ ޗާޓެއް އެޓޭޗްކުރެވިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯޝަލް
- މަސައްކަތް ކޮށްދިނުމަށް ހޭދަވާނެ މުއްދަތު
- ރ. މާކުރަތަށް ދަތުރު ކުރަންޖެހޭނަމަ، ދަތުރުކުރުމަށް ޕްލޭންކުރާގޮތް. (ދަތުރުގެ އަދަދު، ބައިވެރިންގެ ޢަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މިނޫންވެސް ދަތުރާއި ގުޅުންހުރި މަޢުލޫމާތު)
- ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީން ޤަބޫލުކޮށް ހުއްދަ ދިނުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމުލަ އަގު (ދިވެހި ރުފިޔާއިން)
- ޕްރޮޕޯޝަލް ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ، އެފަރާތެއްގެ ވަނަވަރު، އަދި ކުންފުންޏަކުން ނުވަތަ އިންވެސްޓްމަންޓަކުންނަމަ އެފަރާތެއްގެ ޕްރޮފައިލް.
- މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ކުރިން ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު
- މަސައްކަތުގައި ބައިވެރިވާ ބޭފުޅުންގެ ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ވަނަވަރު.
- ސަރވޭޔަރުންގެ ގޮތުގައި ކަމާގުޅޭ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން، ކޮންސަލްޓެންޓެއްގެ ގޮތުގައި އީ.ޕީ.އޭ އިން ދެއްވާފައިވާ ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- ޕްރޮޕޯޝަލް ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ، އެފަރާތެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓަކުންނަމަ އެފަރާތެއް ރަޖިސްޓްރީގެ ކޮޕީ ޕްރޮޕޯޝަލާއެއިއެކު ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު:
- ޕްރޮޕޯޝަލް ހުށަހަޅަންވާނީ ސިޓީ އުރައަކަށްލާ ބަންދުކޮށް ރ. މާކުރަތު ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މަޢުލޫމާތު އަދި "ރ. މާކުރަތު ލޭންޑް ޔޫސް ޕްލޭން ހެދުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- އެކަށީގެންވާ ޕްރޮޕޯޝަލެއް ލިބިފައިނުވާނަމަ ހުށަހަޅާފައިވާ ޕްރޮޕޯޝަލްތައް ބާޠިލްކުރުމުގެ އިޚްތިރާރު ރ. މާކުރަތު ކައުންސިލްގެ އިދާރާއަށް ލިބިގެން ވެއެވެ.
- ހުށަހަޅުއްވާ ޕްރޮޕޯޝަލްތަކަށް މާރކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:
- އަގަށް %80 (އައްޑިހަ ޕަސެންޓް)
- މުއްދަތަށް (ދިހައެއް ޕަސެންޓް)
- ފަންނީ ޤާބިލްކަމަށް %5 (ފަހެއް ޕަސެންޓް)
- މަސައްކަތުގެ ތަޖްރިބާއަށް %5 (ފަހެއް ޕަސެންޓް)
ވީމާ ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިގަޑީގައި ހުށަހެޅޭ އަންދާސީ ހިސާބުތައް ކަނޑައި މަޢުލޫމާތު އެންޓަރކޮށް އަގު ޝީޓްގައި ސޮއި ކުރުން އޮންނާނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިމަސައްކަތް ކުރުމަށް ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރަށް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ މިއިދާރާގެ 4009831 ނުވަތަ 4009830 ނަންބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
13 ރަބީޢުލްއާޚިރް 1441