ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2019/58(IUL)
އިޢުލާން
ކައުންސިލްގެ ބެލުމުގެދަށުގައިވާ ރުއްތައް ކުއްޔަށް ދިނުމާއި ބެހޭ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރުއްތައް 3 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރުއްތައް ކުއްޔަށް ދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 ޑިސެމްބަރ 18 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، ރުއްތައް ކުއްޔަށް ހިފުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.