ދިވެހިރާއްޖެ
c
އަނގޮޅިތީމު ސްކޫލް
ރ.އަނގޮޅިތީމު ، ދިވެހިރާއްޖެ
ނަންބަރު: GS-125/IUL/2019/28
އިޢުލާނު
2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅޭ
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ.
1. 2 ކުލާސް ރޫމުގައި މުށިޖެހުން.
2. ކުލާސް ރޫމުތަކުގައި ހުޅު ނައްޓާފައިވާ ކުޑަ ދޮރުތަކުގެ ހުޅުފަތް އައުކޮށް މަރާމާތުކުރުން.
3. ޕްރީސުކޫލް ދަރިވަރުން ކުޅޭ ސަރަހައްދުގައި ހުރި ފަންގެ އެތެރޭގައި ހުރި ބެންޗް ބަދަލުކުރުން.
4. ބައެއް ކުލާސް ރޫމުތަކާއި ސުކޫލު ގޯތިތެރެއަށް ދިމާވެފައިވާ ކަރަންޓް މަސައްސަލަ ހައްލުކުރުން.
5. ބާ ފާހާނާ ބަރި ގުދަނަކަށް ބަދަލުކުރުން.
6. ޕްރީސުކޫލް ފާހާނާ ތަޅު ބަދަލުކުރުން.
7. ސުކޫލު އޮފީހަށް ފައިލް ކެބިނެޓެއް ހޯދުން.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު 13:00 ( އަނގޮޅިތީމް ސްކޫލު އޮފީހުގައި ) |
އެސްޓިމޭޓް ބަލައިގަތުން |
22 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހު 13:00 ( އަނގޮޅިތީމް ސްކޫލު އޮފީހުގައި ) |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތުސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.
މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަމައުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް
ފޯން: 6580357
އީމެއިލް: [email protected]
10 ޑިސެންބަރު 2019