ދިވެހިރާއްޖެ
ތިނަދޫ ސްކޫލުގެ އިމާރާތުގެ ތިރީގައިމިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެ
1 ތިރީގައިމިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތްތަކަށް ކުރިމަތިލާ ފާރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- ކްލާސް ރޫމްގެ ތަޅުމުގެ މުށި ނެއްޓިފައިވާތީ ކްލާސް ރޫމްތަކުގައި ތަށިމުށި ޖެހުން
- ސްކޫލް ހޯލުގައި ކުލަ ބަދަލުކުރުމަން
2 މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 18 އިން 2019 ޑިސެމްބަރ 30 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 18 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ ތިރީގައިމިވާ ގަޑިތަކުގައި މި ސްކޫލުގެ މީޓިންގ ރޫމްގައެވެ.
- · މަސައްކަތް 1- 2019 ޑިސެމްބަރ 30 ވަނަ ދުވަހުގެ 11:00ން
- މަސައްކަތް 2- 2019 ޑިސެމްބަރ 30 ވަނަ ދުވަހުގެ 13:00ން
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ތިނަދޫ ސްކޫލް
ފޯން: 6842060 /6842050
އީ-މެއިލް: [email protected]
12 ރަބީޢުލްއާޚިރު 1441
09 ޑިސެމްބަރު 2019