ދިވެހިރާއްޖެ
ހިރިމަރަދޫ ސުކޫލް
ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ
އިޢުލާން
GS-88/2019/IUL/19 :ނަންބަރ |
މިސުކޫލްގައި ގުދަނެއް އިމާރާތް ކުރަން ބޭނުންވެއްޖެ |
ތާރީޚް: 09 ޑިސެމްބަރ 2019 |
މިސުކޫލްގެ ގޯތިތެރޭގައި އަމިއްލަ ތަކެތީގައި ގުދަނެއް އިމާރާތް ކުރުމަށް ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އަލުން އެފުރުސަތު 2ވަނަ ފަހަރަށް ހުޅުވާލަމެވެ..
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސުކޫލަށް ހާޟިރުވެ މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.
ތާރީހާއި ގަޑި |
ތަފްސީލް |
17 ޑިސެމްބަރ 2019 (އަންގާރަ) 13:00 |
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
22 ޑިސެމްބަރ 2019 (އާދިއްތަ) 13:30 |
އަންދާސީ ހިސާބު ހުށައެޅުން |
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރިކުރުމުގެ ޤާނޫނު(ޤާނޫނު ނަންބަރ:2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރ:2018/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިސުކޫލްގެ ފޯން ނަންބަރ 6520536 ކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.