މާލެއަތޮޅު ކާށިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު (ރިސެޕްޝަނިސްޓް) ވަގުތީ

ނަންބަރު: (IUL)H1-HC/2019/19

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

ރިޝެޕްސަނިސްޓް

މަޤާމުގެ ނަންބަރު

J-252025

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (6 މަސްދުވަހަށް)

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

މަޤާމު އޮތް އޮފީސް

ކ.ކާށިދޫ ޞިއްހީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ.ކާށިދޫ ޞިއްހީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

1500/- ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންގެ މައުލޫމާތު ސިސްޓަމްގައި ލިޔެ  މެމޯ ދޫކުރުން.
  1. އާސަންދައިގެ ގަވާއިދުތަކާއި އެއްގޮތަށް ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ރެކޯޑް ސިސްޓަމްގައި ލިޔެ  ބެލެހެއްޓުމާއި، ހިދުމަތުގެ ޓްރާންސެކްޝަންސް އޮންލައިންކޮށް ހެދުމާއި ޓްރާންޝެކްޝަންތަކުގެ މެމޯ ތައްޔާރުކުރުން.
  2. ޞިއްހީމަރުކަޒަށް އަންނަ ފޯނު ކޯލު ތަކައް ޖަވާބުދިނުން. އަދި ޕާސްކުރަންޖެހޭ އެކްސްޓެންޝަން ތަކަށް ޕާސްކުރުމާއި ޖަވާބުދާރީވުމުގައި އަދަބުވެރިވުން.
  3. ޙިދުމަތް  ހޯދުމަށް ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުގެ ފައިސާ ބަލައިގަތުމާއި ބަލައިގަނެވޭ ފައިސާ ޑިއުޓީ ބަދަލުވާއިރު ހޭންޑް އޯވަރ ދިނުމާއި ، ބަލައިގަންނަ ފައިސާ ކޭޝިއަރ އާއި ހަވާލުކުރުން.
  4. އިދާރީ ބޭނުންތަކުގައި މާލެއަށް ކުރަންޖެހޭ ދަތުރުތަށްކުރުން.
  5. ދާނުގައި ތިބޭ ބަލިމީހުން ބެލުމަށް ކަނޑައެޅޭ  ޑިއުޓީއާއި އެއްގޮތަށް ބަލިމީހުންނަށް އެޕޮއިންޓްމަންޓް ހަމަޖައްސާދިނުމާއި ދެވޭފަރުވާގެ ރެކޯޑް ބެލެހެއްޓުން.
  6. ޞިއްހީމަރުކަޒުން ހިންގާ  ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާފިޔަވައި، އެހެންދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާމަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.
  7. މީގެ އިތުރުން ޞިއްޙީމަރުކަޒުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު،  އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ ''ހަޔަރ ސެކަންޑްރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ކ.ކާށިދޫ ޞިއްހީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ލިބެންހުންނާނެއެވެ)
  2. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

  1. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސާރވިސް ވަޒީފާއެއްގައި ،ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި  ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ /ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޔެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް .

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1-  ތަޢުލީމާއި ތަމްރީނު (ލިބިފައިވާ ތައުލީމާއި، މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން )

2-  އިމްތިޙާން ( ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިހާން )

3-  މަސައްކަތުގެ ތަޖުރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )

4-  ލިބިފައިވާ ހުނަރު ( އިންޓަރވިއު ޕްރެކްޓިކަލްސް )

* ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުންލިބުނު ޕްއިންޓްގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

* ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓުން www.health.gov.mv  ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޑިސެމްބަރ 2019 ދުވަހުގެ 13.00 ގެ ކުރިން، ކ.ކާށިދޫ ޞިއްހީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިމަރުކަޒުގެ  އީމެއިލް[email protected]   އަދި ފެކްސް ނަންބަރު  6640127 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،20 ޑިސެމްބަރު 2019 އާއި 27 ޑިސެމްބަރު 2019  އާއި ދެމެދު ކާށިދޫ ޞިއްހީމަރުކަޒުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ސީޓް (A2ފޯމު) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެއްވާފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަA2  ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640127 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ.

08 ޑިސެންބަރު 2019
ހޯދާ