ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު މަސްޖިދުލް ނޫރު މިސްކިތް މަރާމާތު މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

         ނަމްބަރ: IUL)244-ESMSMS/244/2019/62

                                    އިޢުލާން                                   

  މިރަށު މަސްޖިދުލް ނޫރު މިސްކިތް މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރު: IUL)244-ESMSMS/244/2019/56 (06 ނޮވެމްބަރ 2019) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް،ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

 އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00  ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ. 

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2019
ހޯދާ